ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަން ޤަޞްދުކޮށްފައިވާ ރިޙްލާ ސިލްސިލާގެ ތެރެއިން ދެވަނަ ރިޙްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅުގައެވެ. މި ދަތުރުގައި ތ. އަތޮޅުގެ 11 ރަށެއްގައި ދަރުސް ދިނުމަށް ހަމަޖެހިފައިވެއެވެ.
އެއީ: ވޭމަންޑޫ، އޮމަދޫ، ކިނބިދޫ، ހިރިލަންދޫ، ކަނޑޫދޫ، ބުރުނި، ވިލުފުށި، ތިމަރަފުށި، ދިޔަމިގިލި، ގުރައިދޫ، މަޑިފުށި، އެވެ.
މިއަހަރުގެ ރިޙްލާ ކުރިއަށް ގެނދިއުމަށްޓަކައި މިހާރުވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. އެގޮތުން މިރިޙްލާ އިންތިޒާމްކުރުމުގައި އެހީތެރިވެދެއްވަމުން ގެންދަވާ ތ.އަތޮޅުގެ ފަރާތްތަކުން އެއަތޮޅުގެ އެކިއެކި ރަށްރަށުންގައި ރިޙްލާގެ ޕޯސްޓަރުތައް ވަނީ ހިއްޕާފައެވެ.
ޖަމްޢިއްޔަތުއްސަލަފުން މިފަހަރު ކުރާ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ތ.ވޭމަންޑޫގައެވެ.
ރިޙްލާ ރޭވިފައިވަނީ މިހިނގާ މާރޗް މަހުގެ 21 ވަނަ ދުވަހުން 24 ވަނަ ދުވަހަށެވެ. ރިޙްލާގައި ޖުމްލަ 4 ޝެއިޚުން ބައިވެރިވާނެއެވެ. إن شاء الله.
ބައިވެރިވާ ޝެއިޚުން:
1- އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް
2- އައްޝައިޚް ޠޮއްޔިބު ޢަބްދުލްޙަކީމް
3- އައްޝައިޚް އަޡްމަތު ޖަމީލް
4- އަލްއުސްތަޛް އަޙްމަދު ނިޡާމް