ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމްގެ ދަރުސްއެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
‘އިސްލާމް ދީނަށް ކަލޭމެން އެކީ އެކައްޗަކަށް ވަންނާށެވެ.’ މިމައުޟޫއަށް ޝެއިޚް އިޝަމީމް ދެއްވާ މިދަރުސް އޮންނާނީ 22 ނޮވެމްބާރ2009 ވާ އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ފާށަނާ މާލަމް ގައި ކަމަށް ޚަބަރުތަކުން ބުނެއެވެ.
ޖަމިއްޔަތުލް ސަލަފްއިން އިންތިޒާމުކުރާ މިދަރުސްއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވާނެކަމަށް ބެލެވެއެވެ. އެހެނީ ‘އިސްލާމް ދީނަށް ކަލޭމެން އެކީ އެކައްޗަކަށް ވަންނަން’ ބޭނުންވެފައިވާ އެތައް މުސްލިމު އަޚުންނާއި އުޚުތުން މިދީބުގައި ދިރިއުޅެމުން އެބަދެއެވެ.
ރާއްޖޭން ބޭރުގައި ދީނީ ތައުލީމު ހާސިލްކުރައްވައްވަމުން ގެންދަވާ ޝެއިހް އާދަމް ޝަމީމް އަކީ މިހާތަނަށް ފާހަގަ ކޮށްލެވޭ ދަރުސްތަކެއް ދެއްވާފައިވާ ޒުވާން ޢިލްމުވެރިއެކެވެ. އެގޮތުން ‘ނަމާދު’،’ފަލަސްތީނުގެ އުދާސް’ އަދި ‘އިސްލާމީ ނަޒަރަކުން މިއުޒިކް’ ފަދަ ދަރުސްތައް ދިވެހިންގެ ގިނަ ބަޔެއްގެ ތަރުހީބު ލިބި ގިނަ ބަޔަކަށް ހައްގުގޮތް އެނގި އެގޮތަށް ރުޖޫއަވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ދަރުސް ދެއްވާނީ: ޝެއިޚް އާދަމް ޝަމީމް
ޓޮޕިކް: ‘އިސްލާމް ދީނަށް ކަލޭމެން އެކީ އެކައްޗަކަށް ވަންނާށެވެ.’
ތާރީހް: 22 ނޮވެމްބާރ 2009 ވާ އާދިއްތަ ދުވަހުގެ ރޭ
ގަޑި: 8.30 ރޭގަނޑު
ތަން: ދަރުބާރުގެ، ފާށަނާ މާލަމް
Posted by Editor