ޖަމްޢިއްޔަތުއްސަލަފްގެ ދީނީ ރިޙްލާއެއް (ޖެނުއަރީ 1 އިން 4 އަށް)


ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރާއްޖެތެރޭގައި ދީނީ ރިޙްލާތަކެއްގެ ސިލްސިލާއެއް ހުޅުވާލުމުގެ ޤަސްދުގައި ބާއްވާ ފުރަތަމަ ރިޙްލާ “إفتتاح” ގެ ނަމުގައި ޅ. ނައިފަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިރިޙްލާގައި މާލެއިންނާއި ނައިފަރުގެ ކައިރި ރައްރަށުން ވަރަށްގިނަ ބައިވެރިން އައުމަށްދަނީ ތައްޔާރުވަމުންނެވެ. މި ދަތުރުގައި ދަރުސްތައް ދެއްވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް އަޙްމަދު ސަމީރުއެވެ. މިދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މަދްރަސަތުލް އިފްތިތާޙުގައެވެ.
މިފަދަ ދީނީ ދަރުސްތައް އިންތިޒާމު ކުރެވެމުންދަނީ ވަރަށް ގިނަ އަޚުންނާއި އުޚްތުންގެ ދީލަތި އެހީއާއި އެކުގައެވެ. މިރިޙްލާއަށްވެސް މާލީގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން ހާމަކުރަމެވެ.
ގެ ތައުފީޤާއި ވާގިފުޅާއިއެކު މިރިޙްލާއަކީ ހެޔޮ ރަނގަޅު އަދި ބަރަކާތްތެރި ރިޙްލާއަކަށް ހެދުމުގައި އެންމެހާ އަޚުންނާއި އުޚްތުންގެ ދުޢާ އާއި އެއްބާރުލުން ދެއްވުން އެދެމެވެ.

Leave a Reply