ކ. ގުރައިދޫގައި އެރަށު ސްކޫލު ތައްގަނޑުޖެހި ކްރިސްޓިއަން ފޮތްތަކެއް

May 3, 2008

މިދިޔަ ހަފްތާގައި ކ. ގުރއިދޫ ސްކޫލުގައި އެ ސްކޫލުގެ ތައްގަނޑުޖަހާފައިވާ ކުރިސްޓިއަންދީނާއި ބެހޭ ފޮތް ތަކެއްވަނީ އެ ސްކޫލުގެ ލައިބްރަރީގައި ބަހައްޓާފައެވެ. އަދި މިފޮތްތައްވަނީ ދަރިވަރުން ގެއަށް ގެނެސް ކިޔާ ހަދާފައެވެ. ވީމާ މި މައްސަލަ ހިނގި ގޮތް ދިރާސާ ކުރުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޓީމެއް އެރަށަށް ދާދި ދެންމެއަކު ފުރައިފިއެވެ. އެޓީމާއި އެކު ޖަޒީރާ ނޫހުގެ ރިޕޯޓަރެއްވެސް ދިޔައެވެ. މި ކަމާ ގުޅޭ އިތުރު ޚަބަރު ގެނެސްދެވޭތޯ އަޅުގަނޑުމެން انشاء الله މަސައްކަތް ކުރާނަމެވެ.